Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީީސް ޞާލިޙު މިއަދު ކ.ގުރައިދޫ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވަނީ

ރައީީސް ޞާލިޙު މިއަދު ކ.ގުރައިދޫ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވަނީ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިނުގައި މިއަދު ކ. ގުރައިދޫ ދާއިރާގެ ރަށްތަކަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި، މިއަދު މެންދުރުފަހު ފަށްޓަވާ ދަތުރުފުޅުގައި ކ. ގުޅި، ކ. ގުރައިދޫ އަދި ކ. މާފުށްޓަށް ރައީސް ވަޑައިގަންނަވާނެއެވެ.

ރައީީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފައި ވަނީ ށ.އަތޮޅުންނެވެ. އެ އަތޮޅުން ރައީީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ، ކޮމަންޑޫއަށެވެ. އެއަށްފަހު މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގެން ގިނަ ވަޢުދުތައް ވެވަޑައިގެންނެވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޞާލިޙު އިއްޔެ ވަނީ މާލޭގައި ދޮރުން ދޮރަށް ވެސް ހިންގަވައިފައެވެ.

ގަލޮޅު ދެކުނު ދާއިރާގައި ދޮރުން ދޮރަށް ހިންގެވުމަށް ފަހު ރައީސް ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް