ޚަބަރު

ވާދަކުރެވޭނީ އިދިކޮޅުގައި ކެނޑިޑޭޓަކު ހުރެގެން ކަމަށް ވިދާޅުވެ ޝަރީފް ފާޑު ކިޔުން ޕީޕީއެމްއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ކެނޑިޑޭޓަކާއި ވާދަކުރެވޭނީ ކެނޑިޑޭޓަކު ހުރެގެން، ކަމަށާއި އިންތިޚާބުގެ މިހާތަނަށް އައިއިރު ކެނޑިޑޭޓަކު ފެންނަން ނެތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމްއިން ރިޔާސީ އިންތިޚާބަށް, މިވަގުތު ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ, ރައީސް ޔާމީން ނެރުމަށް ކެންޕެއިން ކުރައްވާތީ, ޝަރީފް ފާޑު ވިދާޅުވެފައިވަނީ އިއްޔެ ކ. މާފުށީގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރީފް ވާހަކަފުޅުގައި ޕީޕީއެމްގެ މަސައްކަތް ސިފަ ކުރެއްވީ ހިޔަންޏަށް މުޑިނެގުން ކަމަށެވެ. ހިޔަންޏަށް މުޑި ނެގުމޭ އާއްމުކޮށް ބުނެއުޅެނީ، ކަމަކަށް ނުވާ ނުވަތަ އެކަމެއްގައި ހަގީގަތެއް އަސްލެއް އެކުލެވިގެންނުވާ ކަންކަމައިގެން އުޅުމަށެވެ. ޝަރީފް މިފަދައިން ވިދާޅުވިނަމަވެސް، ވަކި ބައެއްގެ ނަމެއް ވިދާޅެއްނުވެއެވެ. ޝަރީފް ވަނީ ކެނޑިޑޭޓެއް ފެންނާނެ ކަމަށް ބައެއް ބޭފުޅުން މަސައްކަތް ވިދާޅުވާކަމަށާއި، ކެނޑިޑޭޓަކު ނެރެ ދައްކައިފިނަމަ ވާދަކުރަން އެމްޑީޕީން ތައްޔާރަށް ތިބިކަމަށް ވިދާޅުވެފައެވެ.

ޝަރީފް ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ރައީސް ޞާލިޙް ވަނީ ރައްޔިތުންނަށްޓަކައި އުސް މިންގަނޑެއް ކަނޑައަޅުއްވާފައި ކަމަށެވެ. އަދި ރައީސް ޞާލިޙް ދެ ދައުރު ވެރިކަން ކުރެއްވުމަށްފަހު, ދެން އަންނަ ރައީސަކު ތަރައްގީއަށްޓަކައި ރައްޔިތުންނަށް އިތުރަށް ކޮށްދެއްވާނެ ކަމެއް ނޯންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!