ޚަބަރު އިޖުތިމާޢީ

ހައްޖުވެރިންގެ ފަހު ގުރޫޕް މިއަދު މާލެ އައިސްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ފަހު ގުރޫޕް މިއަދު ރާއްޖެ އަންނާނެއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ހައްޖުވެރިންގެ ފަހު ގުރޫޕްގައި އަންނާނީ މމޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް ދިޔަ ޙައްޖުވެރިން ވެރިންނެވެ. ހައްޖުވެރިންގެ ފަހު ފްލައިޓް ރާއްޖެއަށް ޖައްސާނީ މިއަދު މެންދުރު ފަހު 14:50 ގައެވެ.

ހައްޖުވެރިން އައުމާއި މިއަދު އުމްރާގެ އަޅުކަމަށް ފުރާ ގިނައަދަދެއްގެ މީހުން އެއާޕޯޓަށް ދާނެތީ އެއާޕޯޓުގެ ޓްރެފިކް ފްލޯ ބާރުބޮޑުވާނެކަމަށް ލަފާކޮށް ގިނައަދަދެއްގެ ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ. ރާއްޖޭން ދެން ޙައްޖަށް މީހުން ގެންދިޔަ ގްރޫޕްތަކަކީ، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!