Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުލީ ފެނުގެ ނިޒާމު އިފްތިތާހުކޮށްފި

މުލީ ފެނުގެ ނިޒާމު އިފްތިތާހުކޮށްފި

މ.މުލި ފެނުގެ ނިޒާމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މުލި ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސަރުކާރުން އެސްއެމްސީ އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިންއޮފް ކްރެޑިޓްގެ ދަށުން ފަންޑު ކުރެވުނު 2.8 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

Advertisement
Ooredoo — Truecaller (box)

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން މުލީގައި ބޯ ހޯލް ހެދުމުގެ މަސައްކަތާއި ވޯޓަރ ކަލެކްޝަން ޓޭންކް އަދި ސްޓޯރޭޖް ޓޭންކް ޤާއިމު ކުރުމުގެ މަސައްކަތާއި އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ލެބޯޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެޅުމުގެ މަސައްކަތާއި މުޅި ރަށުގައި ފެން ހޮޅި އެޅުމާއި ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ފެން މީޓަރު ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް