Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މ އަތޮޅުން 60 އިންސައްތަ ވޯޓް ހޯދާނަން: އިމްރާން

މ އަތޮޅުން 60 އިންސައްތަ ވޯޓް ހޯދާނަން: އިމްރާން

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ މ.އަތޮޅުގެ ރައްޔިތުންގެ ހިތްތައް ހުޅުވާދެއްވާފައި ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ދާއިރާއިން 60% ވޯޓު ހޯއްދަވާނެ ކަމަށް އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި ރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ ތަރައްގީ އެންމެ ފުރަތަމަ ފަށަންޖެހޭ ހިސާބު ރައީސަށް އެނގިވަޑައިގަންނަވާ ކަމަށާއި ތަރައްގީގެ ވާހަކަ ދެއްކޭނީ ވެސް ގައިން ތާހިރުވެގެންކަން ރައީސަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ތިބޭނީ ގައިން ތާހިރުވެގެން ކަމަށާއި ތަރައްގީއާ ހަމައަށް ދެވޭނީ ވެސް އޭރުން ކަމަށް އިމްރާން ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގައި ނުހިމެނޭ ހަ ޕްރޮޖެކްޓު ވެސް ހިންގަވައިފިޔޭ. ރައީސް ވައުދުކުރައްވާނެ ކަމެއް ނެތްތާ، ކުރައްވާ ވައުދަށް ވުރެ މާ ގިނަ ކަންކަން އިތުރުވެގެން، ފުރިހަމަވެގެން މިއޮތް އަންނަނީ،" ރައީސް ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

މ. އަތޮޅުގެ ރައްޔިތުންގެ ހިތްތައް ރައީސް ހުޅުވައިދެއްވާފައިވާ ކަމަށާއި އެ ހިތްތަކުގެ ކާމިޔާބު ހޯއްދަވައި އެ ރައްޔިތުންގެ އަގުލަބިއްޔަތު ވެސް ރައީސް ހޯއްދަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މި އަތޮޅުން މިފަހަރު މާތްﷲ އިރާދަކުރައްވައިފިއްޔާ އަޅުގަނޑުމެން %60 ނަގާނަން،" އިމްރާން ވިދާޅުވިއެވެ.

މީގެ ކުރިން މ.ކޮޅުފުށިން 2008 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު އަށް ލިބިވަޑައިގަތީ 19 ވޯޓު ކަމަށާއި، 2018އިގައި ކޯލިޝަން އެންމެން އެކުވެގެން ލިބުނީ 117 ވޯޓުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެ އަތޮޅަށް ބަލާލުމުން އެހެން ރަށްތަކުން ވެސް އެ ބަދަލު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކޮންމެ ރަށަކަށް ވަޑައިގެން މިހާރު ސަރުކާރުން ކޮށްދީފައި ހުރި ކަންކަން ރައީސް ކިޔައިދެއްވާ ކަމަށާއި އަދި ރާއްޖެ އަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުގެ ވާހަކަ ވެސް ރައީސް ރައްޔިތުން ގާތު ދައްކަވާ ކަމަށެވެ. މި ހުރިހާ ވާހަކަތަކެއް ރައީސް ރައްޔިތުންނާއި ހިއްސާކުރުމުން މިހާރު އެމަނިކުފާނު ހުންނެވީ އެހެން ކެންޑިޑޭޓުންނަށް ވުރެ މާ ކުރީގައި ކަމަށާއި ދެން ރައީސްއާ އެހެން ކެންޑިޑޭޓަކަށް އަރާ ހަމަ ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް