Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް މިއަދު ވޭވަށަށް ވަޑައިގަންނަވައިފި

ރައީސް މިއަދު ވޭވަށަށް ވަޑައިގަންނަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިނުގައި އިއްވެ މުލަކު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މިއަދު މ. ވޭވަށަށް ވަޑައިގެންފިއެވެ.

އެ ރަށަށް އެމަނިކުފާނު ވަޑައިގެންނެވުމުން، ރަށުގެ ރައްޔިތުން ވަނީ މަރުހަބާ ދަންނަވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ބައެއް މަޝްރޫއުތައް ފައްވަޓައިދެއްވަމުން އަންނައިރު، ގިނަ ވަޢުދުތަކެއް ވެސް ވެވަޑައިގެންފައިވެއެވެ. މިގޮތުން މ.މުލަކަށް އިއްޔެ ވަޑައިގެން، ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރޭގައި، އެ ރަށުގެ ހުރިހައި މަގެއް ހެދުމާއި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމާއި، މިފްކޯގެ މަސް ކަލެކްޝަން ފެކްޓްރީއެއް ހެދުން ހިމެނެއެވެ. މުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިންގަވައިފައިވާނެ ކަމަށެވެ.    

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް