ޚަބަރު

ފުއްގިރި މައްސަލަ: މިއަދަށް ތާވަލު ކުރި އަޑުއެހުން ވެސް ކެންސަލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގައިފައިވާ ޚިޔާނާތުގައި ހިމެނޭ، ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ޝަރީއަތް ވެސް ކެންސަލްކޮށްފިއެވެ.

Ads by MWSC

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ދަޢުލަތުން ހުށަހެޅި ހެކިވެރިން ކޯޓަށް ހާޒިރުނުވުމުންނެވެ.

ފުއްގިރި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީން އާއި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށެވެ.

ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ ޢަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދަޢުވާއެވެ.

މި މައްސަލައިގައި މއ. ކުރިކީލަހިޔާ, އަޙްމަދު ކުރިކް ރިޒާގެ މައްޗަށްވެސް ދަޢުވާ އުފުލިއެވެ.

ނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ، ރައީީސް ޔާމީންގެ މައްސަލަ މަޑުޖެހިފައި އޮތުމުން، ދަޢުލަތުން އެދިގެން، އެ ދަޢުވާތައް ވަނީ އަނބުރާ ގެނެސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!