އިންތިޚާބާ ދިމާކޮށް ގޯތި ދިނުމަކީ ރިޝްވަތުގެ ޢަމަލެއް: ނާޒިމް
ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނީ ރިޔާސީ އިންތިޚާބަށް ރިޝްވަތު ދިނުމުގެ ގޮތުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ އެމްއެންޕީ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގައި ދަނގެތި ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު ނާޒިމު ވިދާޅުވީ މާލޭގައި ގެދޮރުހުރި މީހުންނާއި މުއްސަނދިންނާއި ވިޔަފާރިވެރިންނަށްވެސް ގޯތި ލިބިފައިވާ ކަމަށެވެ.
"މިހާރު ދިން ގޯތިތަކަކީ އަޅުގަނޑު ދަންނަވާނީ، ސީދާ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ދިން ގޯތިތަކެއް،" ނާޒިމު ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކައިގައި އެމްއެންޕީން ކުރާ ވެރިކަމެއްގައި ގޯތި ދޫކުރާނީ މި ސަރުކާރުން އެކަން ކުރާ ގޮތަށްވުރެ މާ ފުރިހަމައަށް ކަމުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ޕާޓީގެ ވެރިކަމެއްގައި ގޯތި ދޭނީ ނިކަމެތިންނަށް ކަމަށާއި، އެ ފަރާާތްތަކަށް ހިލޭ ގޯތި ހައްޤުވާ ކަމަށެވެ.
ހުޅުމާލޭގެ ތަރައްޤީ އާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި މުނިފޫހި ފިލުވައިލުމަށްޓަކައި ހުރީ އެންމެ ސިނަމާއެއް ކަމަށާއި، އެ ސަރަހައްދުގައި ފޫހިފިލުވަން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
"މިދިޔަ ސަރުކާރުން، މި ތަނުގައި ވޯޓަރ ޕާކެއްގެ ނަމުގައި ތަނެއް އަޅަން ފެށި. މި ސަރުކާރުން އެތަން ހުއްޓުވައި، އެތަން އެ އޮތީ، އެކަމުން މަހްރޫމް ކޮށްފައި."
ނާޒިމް ވިދާޅުވީ އެމްއެންޕީން ވެރިކަމަށް އަންނަނީ، ރައްޔިތުން ބޭނުންވާ މިފަދަ ކަންކަން ކޮށްދިނުމަށް ކަމަށާއި، އެ ޕާޓީން އަންނަނީ އުއްމީދާއިއެކުގައި ކަމަށެވެ.
ތި ަރަންބޮޑުތެދެއް.މިސަރުކާތުގާ މުޅިންވެސް.ކަންތަޒް ކުރަނީރިސްވަތަށް
ވެރިކަން ބޭނުްވެގެން ތިމާގެ ހިތަށް އައިހާ ވައުދެއް ވުމަކީ ރައްޔިތުން ގުނބޯހެއްދުން.