ޚަބަރު

ގެނެސްދެވުނު ތަރައްޤީއިން އެނގުނީ، މ.އަތޮޅުގެ މެޖޯރިޓީ ލިބޭނެކަން: ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަސް އަހަރު ދުވަހު މ.އަތޮޅުގައި ކުރެވުނު މަސައްކަތުން އެނގުނީ، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެ އަތޮޅުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންދާނެކަން ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ދަތުރުގައި އާދީއްތަ ދުވަހުގެ ހެނދުނު މ. ވޭވަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ތަރައްޤީގެ މަސައްކަތް ކުރުމުގައި ކުދި އާބާދީ ހިމެނޭ ރަށްތައް މީގެ ކުރިން އެއްފަރާތްކޮށްފައިވާ ކަމަށެވެ.

ނަމަވެސް "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި އެކުލަވާލި، ވޭވަވަށަށް ބޭނުންވާ ކަންކަން ހިމަނައި، އެ ކަންކަން ވޭވަށުން މިހާރު ފެންނަމުންދާ ކަމަށް ރައީީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މެނިފެސްޓޯ އެކުލަވާލިއިރު، މ. އަތޮޅުގެ ވިސްނުން އެނގިވަޑައިގަންނަވާ ކަމަށާއި ރިޔާސީ އިންތިޚާބުގައި ވޭވަށަށް ވީ ހަމައެކަނި ވައުދަކީ ބަނދަރު ހެދުން ކަމަށެވެ. އެކަން ފުދިފައިވާކަން ރައީީސް ފާހަގަކުރެއްވިއެވެ.

އަދި އޭގެ އިތުރުންވެސް ބައެއް ކަންތައްތައް ފާހަގަކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވޭވަށުގައި ބަނދަރު، އައުޓްޑޯ ޖިމް ނިމިފައިވާ ކަމަށާއި، އިންޖީނުގެ، ފެނާ ނަރުދަމާ، މެޖިސްޓްރޭޓް ކޯޓް ކައުންސިލް އިދާރާގެ މަސައްކަތް ދަނީ ހިނގަމުން ކަމަށެވެ.

މީގެ އިތުރުން، ރަށުގެ ޒުވާނުން ބޭނުންވާ ކަންކަން އެބަހުރި ކަމަށާއި، ރަށުގައި ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަކީ ޒުވާނުންގެ އެދުމެއް ކަމަށާއި، އެކަން ކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!