މުނިފޫހިފިލުވުން ދިވެހި ސިނަމާ

ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު 5 ގައި، 14 ފީޗާ ފިލްމު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
2019 ވަނަ އަހަރު ބޭއްވި ފިލްމު އެވޯޑްސްގެ ތެރެއިން

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު 5 ގައި ބާއްވަން ތާވަލުކޮށްފި އެވެ.

Ads by MWSC

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި އެވޯޑުގައި މިއަހަރު ވާދަކުރާނީ 2019 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރިލީޒްކުރި ފިލްމުތަކެވެ. މިއަހަރުގެ އެވޯޑުގައި ސިނަމާގެ އިތުރުން އޯޓީޓީ ޕްލެޓްފޯމުތަކުގައި ރިލީޒް ކުރި ފިލްމުތައްވެސް ބައިވެރި ކުރެވޭނެ އެވެ.

މިއަހަރުގެ އެވޯޑުގައި ބައިވެރިކުރެވޭނެ ފިލްމުތަކުގެ ތެރޭގައި 14 ފީޗާ ފިލްމެއް ފާހަގަކުރެވެ އެވެ.

2019 ވަނަ އަހަރުން 2022 ވަނަ އަހަރަށް ރިލީޒްކުރި ފިލްމުތައް

  1. ނިވައިރޯޅި (2019)
  2. ކަނޑު އިބިލީސް (2019)
  3. ގޮށްރާޅު (2019)
  4. ފޯޓީ ޕްލަސް (2019)
  5. ނަފްރަތުވުމުން (2019)
  6. ދައުވަތު (2019)
  7. މާމުއި (2019)
  8. ލީނާ (2019)
  9. ބަވަތި (2019)
  10. ކާކު (2019)
  11. އަނދިރިކަން (2020)
  12. ފަރީ (2021)
  13. މަރިޔަމް (2021)
  14. ހެހެސް (2022)

 

2019 ވަނަ އަހަރުގެ ދިވެހި ފިލްމު އެވޯޑްސް ހަފްލާގެ ތެރެއިން

މީގެ އިތުރުން ކުރު ފިލްމު ކެޓެގަރީއިންވެސް މިއަހަރު އެވޯޑު ދޭނެ އެވެ. މިމުއްދަތުގައި ރިލީޒްކުރި ކުރު ފިލްމުތަކުގެ ތެރޭގައި؛

  1. ހަތަރު ހަޅަ (4 ކުރު ފިލްމު) (2019)
  2. ކުޑަ ކުޑަ ބާރު (2020)
  3. ދައުވަތު (2020)
  4. އަނގުރު (2020)
  5. ތަދު (2020)
  6. ފީހާލި (2021)
  7. ގުޅުން (2021)
  8. އޯ ވަޒަން (2021)
  9. ހަތަރު މަންޒަރު (4 ކުރު ފިލްމު) (2021)

 

މިއަހަރުގެ ފިލްމު އެވޯޑު ވާދަވެރި އެވޯޑަކަށް ވާނެކަމަށް ބެލެވޭއިރު، އެންމެ ގިނަ އެވޯޑު ނަގާފައިވާ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު ވެސް އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްއަށް ވާދަކުރާނެކަމަށް ބެލެވެ އެވެ. މިފަހުގެ ތާރީހުގައި މޮޅު އެކްޓިންއެއް ދައްކަން ފަށާފައިވާ ފަންނާނުންގެ ބައެއް ފިލްމުތައްވެސް މިއަހަރުގެ އެވޯޑުގައި ވާދަކުރާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!