ބޮލީވުޑް މުނިފޫހިފިލުވުން

އަދިއްތިޔަ އާއި އަނަންނިޔަގެ ގުޅުން އިތުރު ހަރުފަތަކަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަދިއްތިޔަ ރޯއީ ކަޕޫރު އަދި އަނަންނިޔަ ޕާންޑޭ

ބޮލީވުޑް އެކްޓަރު އަދިއްތިޔަ ރޯއީ ކަޕޫރާއި ބަތަލާ އަނަންނިޔަ ޕާންޑޭގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާތަކަށް ސިއްރުކޮށްފައި އޮތްނަމަވެސް ޕަޕަރާޒީންގެ ލެންސްތަކަށް ބައެއް މަންޒަރުތައް ވަނީ ރެކޯޑު ކުރެވިފައެވެ.

Ads by MWSC

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަދިއްތިޔަ އާއި އަނަންނިޔަ ގެންދަނީ ގިނަ ވަގުތުތަކެއް އެކީގައި ހޭދަ ކުރަމުންނެވެ. ދާދި ފަހުން މިދެތަރިން އެކުގައި ވަނީ އިންޑިއާއިން ބޭރު ގައުމެއްގައި ޗުއްޓީއެއްވެސް ހޭދަކޮށްފައެވެ.

އަނަންނިޔަ އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ބޮލީވުޑަށް ނިކުތް ފަންނާނެކެވެ. އޭނާ މެނޭޖު ކުރަނީވެސް ދަރްމާ ކޯނަސްޓޯން އޭޖެންސީ އިންނެވެ. ކުޑަ ރޯލަކުން 2009 ވަނަ އަހަރު ބޮލީވުޑަށް ނިކުތް އަދިއްތިޔަ ބޮޑު މަގުބޫލުކަމެއް ހޯދީ "އާޝިގީ 2" އިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާވެސް ވަނީ ދަރްމާ އޭޖެންސީއާއި ގުޅިފައެވެ.

އަދިއްތިޔަ ދަރުމާއާއި ގުޅުމަކީ އަނަންނިޔާ އާއިއެކު ލޯބީގެ ގޮތުން އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްކަމަށް ބައެއް މީހުން ދެކެއެވެ. މީގެ ކުރިން ބޮލީވުޑް ޕަވާ ކަޕަލްގެ ގޮތުގައި މަގްބޫލުކަން ހޯދި ފަންނާނުން މަޝްހޫރުކަން ހޯދުމުގައި ދަރްމާގެ ބޮޑު އެހީތެރިކަމެއް ލިބުނެވެ. އެފަދަ ޖޯޑުންގެ ތެރޭގައި ކިއާރާ އާދްވާނީ، ސިދާތު މަލޯތުރާ އަދި އާލިއާ ބަޓް، ރަންބީރު ކަޕޫރުވެސް ހިމެނެ އެވެ.

އަނަންނިޔަ މިހާރު މަސައްކަތް ކުރަމުން ދަނީ އަޔުޝްމަން ކުރާނާ އާއިއެކު ފިލްމު "ޑްރީމް ގާލް 2" ގައެވެ. އަނެއްކޮޅުން އަދިއްތިޔަ މިހާރު މަސައްކަތް ކުރަމުން ދަނީ "މެޓްރޯ އިން ޑީނޯ" ގައެވެ. އަދިއްތިޔަ އާއި އަނަންނިޔަ އެކީގައި އަދި ފިލްމަކުން ނުފެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!