ޚަބަރު ދުނިޔެ

ޓްވިޓަރގެ ލޯގޯ ބަދަލު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މީސްމީޑިއާ އެޕް، ޓްވިޓަރގެ ލޯގޯ އާދިއްތަ ދުވަހު ބަދަލުވާނެ ކަމަށް އެކުންފުނީގެ ވެރިޔާ އެލަން މަސްކް ބުނެފިއެވެ.

Ads by Sosun Fihaara
Ads by Hajj Corporation

ޓްވިޓަރގެ މިހާރުގެ ލޯގޯ އަކީ، ނޫ ކުލައިގެ ދޫންޏެކެވެ. އައު ލޯގޯ އަކީ "އެކްސް" ލޯގޯ ކަމަށް އެލަން ހާމަކޮށްފައިވެއެވެ. އަދި ފުރަތަމަ ބޭނުން ކުރާނީ ވަގުތީ ލޯގޯއެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެލަން ވަނީ ލޯގޯ ފަރުމާ ކުރަން ފޭނުންނަށް ދޫކޮށްލުމަށް ފަހުގައި، ފޭނުން ފޮނުވި "އެކްސް" ޑިޒައިންތަކުގެ ތެރެއިން ޑިޒައިނެއް، ޕްރޮފައިލް ފޮޓޯއަށް ވެސް ލައިފައެވެ.

ޓްވިޓަރގެ ލޯގޯ ބަދަލު ކުރުމަކީ، 44 ބިލިއަން ޑޮލަރަށް އެލަން ޓްވިޓަރ ގަތްފަހުން، އެ އެޕަށް ގެންނަ އެންމެ ބޮޑު ބަދަލަށް ވެގެންދާނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!