ޚަބަރު

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަ ގޮތުން, ސޮއި ހޯއްދަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ރައީސް, ފާރިސް މައުމޫން ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށް އެނގިއްޖެއެވެ.

Ads by STELCO

ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަނުވުމުން އެ ޕާޓީ އުވާލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެކަން ބަލައިނުގަނެ, އެމްއާރުއެމްއިން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މީގެ ކުރިން އީސީން ވަނީ ކޯޓުން ގޮތެއް ނުނިމެނީސް ރިޔާސީ ކެންޑިޑޭޓަކަށް ވާދަކުރެވޭނެއޭ، ނުކުރެވޭނެއޭ ބުނަން ދަތި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަ ކުރައްވަން ހުށަހަޅަން ޖެހޭ 1,500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރައްވަމުންނެވެ.

މިއަހަަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލެވޭނީ 100,000 ރުފިޔާއާއި 1,500 މީހުންގެ ސޮއިއާއެކުގައެވެ.

އިންތިޚާބުގައި ވާދަކުރަން ފާރިސް ސޮއި ހޯދަމުން އަންނައިރު, މިއަދު އެމްއާރުއެމްއިން ވަނީ އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދަން ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!