ރަތަފަންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

ގދ. ރަތަފަންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެއެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ ރަތަފަންދޫ ކައުންސިލްގެ ނައިބު ރައީސް އަމާނީ މުއީން ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތުމުން، އެމްޑީޕީއަށް އެ ރަށުގެ ކައުންސިލްގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށެވެ.
ރަތަފަންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައިވާއިރު ބ. ތުޅާދޫ ދެ ކައުންސިލަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރުމުން އެ ރަށުގެ ކައުންސިލް މެޖޯރިޓީވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ. ތުޅާދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައުވާއިރު އެރަށަކީ ޒަމާނުއްސުރެ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރަށެކެވެ.







ކޮމެންޓް