ޚަބަރު އިޖުތިމާޢީ

މޫނު ބުރުގާއާއި ދެކޮޅުހަދާ މީހާގެ އީމާންކަން މުރާޖަޢާ ކުރަންޖެހޭ:ޑރ. އިޔާޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅުހަދާ މީހާގެ އީމާންކަން މުރާޖަޢާ ކުރަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށެވެ.

"މޫނު ބުރުގާ ފަދަ އިސްލާމީ ޝިޢާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫން. އެފަދަކަމެއް ކުރާމީހާގެ އީމާންކަން މުރާޖަޢާ ކުރަންޖެހޭ." ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ދާދިފަހުން ނެރުނު ޓީޗަރުންގެ ސުލޫކީ މިންގަނޑުގައި ކިޔަވައިދޭއިރު މޫނު ފެންނަގޮތައް ތިބުން މަޖުބޫރު ކުރުމާއި ގުޅިގެން މޫނު ބުރުގާ އަޅާ މުދައްރިސުންނަށް ކިޔަވައި ނުދެވޭނެކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ދަނޑިވަޅެއްގައެވެ. އަދި މިއާއެކު އައި ސްޓޭންޑް ވިތް ނިޤާބް" ފޭސްބުކް ޕޭޖް އިން ވަނީ މިކަމާއި ދެކޮޅަށް އިހްތިޖާޖް ކުރުމަށް ނިންމާފައެވެ.

Ads by HDC
  1. އިކުލީލު

    ކަލޭއީމާންކަމޭނުކިޔާ

  2. ބޭޅާ އަވަހައް ބޭޅާ ތާއީދުކުރާ ސިއާސީ މީހުންގެ އީމާންކަން މުރާޖައާކުރޭ އެކަމައް އަވަސްވެގަނޭ މޫނުބުރުގާ އެޅުމާ ގަދަޔައް ދެކޮޅުހަދަނީ މިއަދުގެ ސަރުކާރުގަ ތިބިމީހުން

  3. މޫނުބުރުގާ

    އީމާންކަން މުރާޖާކޮށްލައްވާ،ރައީސާއި،އެޑިޔުކޭޝަންމިނިސްރުގެ

  4. އަވަސް ތިކަން ކޮއްދެއްވާ.ވަގުތު ފާއިތު ނުވަނީސް

    • ާއަހްމަދު

      ފުރަތަމަ މިނިސްޓަރ ބުރުގާ އަޅުވަންވީ

  5. އުހްތާ

    މޫނު ބުރުގަޔާ އެއްވެސް ބަޔަކު މިގައުމުގަ ދެކޮޅެއް ނަހަދާނެ. ހަމައެކިޔަނީ ކިޔަވައިދޭން ކްލާސްރުމްގަ ނަގަފަ ބަހައްޓާށޭ. އެވަރުނުކުރެވޭނަމަ އެކަނބަލުން ޣީރަތްތެރި ކަމާއެކު ގޭގަ ތިއްބަވާ.