Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިރޭ ވެސް ހުޅުމާލޭގައި ހަވާ އަރުވަނީ

މިރޭ ވެސް ހުޅުމާލޭގައި ހަވާ އަރުވަނީ

މިނިވަން އުފާ ކާނިވާ ނިންމުމުގެ ގޮތުން މިރޭ ވެސް ހަވާ އަރުވާ ނިންމައިފިއެވެ.

ޝަޢުގުވެރި ގިނަ ހަރަކާތްތަކާ އާއްމުންގެ ބޮޑު ތަރުހީބަކާއެކު، "މިނިވަން އުފާ ކާނިވާ" ފަށައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ކާނިވަލަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ ކާނިވަލެކެވެ.

ކާނިވަލުގައި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއި ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ދިގުދަނޑި ހިނގުން، އެކްރޮބެޓްސްް، ޖަގްލަރސް، ބިރުވެރި ހޮހަޅަ، ކަރޯކޭ ބޮކްސް، ފްލޯޓް ޕާކް، ލެއިޒަރ ޕާކެއްވެސް ހިމެނެއެވެ.

Advertisement
Ooredoo — Truecaller (box)

ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް