ޚަބަރު

ފުއާދު ތައުފީޤުގެ ދަރިކަލުން ނިޔާވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް ފުއާދު ތައުފީޤުގެ ދަރިކަލުން، އަޙްމަދު ފުއާދު ނިޔާވެއްޖެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިކަލުން، އަޙްމަދު ފުއާދު ދާދި ދެންމެޔަކު އިންޑިއާގެ ޓްރިވިންޑްރަމްގައި ނިޔާވެފައިވާ ކަަމަށާއި، މައްޔިތާގެ ފުރާނަފުޅާށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

"ފުއާދު އާއި އާއިލާ އެންމެހާ ބޭފުޅުންނަށް ކެއްތެރިކަން މިންވަރު ކުރައްވާށި". އޭނާގެ ޓްވީޓްގައި ވެއެވެ.

Ads by Hajj Corporation

އެނގިފައިވާ ގޮތުގައި އޭނާ ޓްރިވިންޑްރަމްގައި ހުރީ ކިޑްނީއާއި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ކުރާށެވެ. އަދި އެކަމަށް ފަރުވާ ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.

 

 

Ads by HDC
  1. އިޚްލާޞް

    ފާފަ ފުއްސަވާދެއްވާ ކައްވަޅުގެ ޢަޛާބުން ސަލާމަތް ކޮށްދެއްވާށި!