Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދަރިކަލުންގެ ޖަނާޒާއަށް، ފުއާދު އިންޑިއާއަށް

ދަރިކަލުންގެ ޖަނާޒާއަށް، ފުއާދު އިންޑިއާއަށް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީޤުގެ ދަރިކަލުން އަޙުމަދު ފުއާފުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި، ފުއާދުގެ ދަރިކަލުން، އުމުރުން 47 އަހަރުގައި ނިޔާވީ، ކިޑްނީ އާއި ފުއްޕާމޭގެ އާލާސްކަންފުޅާއި ގުޅިގެންނެވެ.

ދަރިކަލުން އާލާސްކަންފުޅާ އުޅުއްވާތީ މީގެ ދުވަސްކޮޅެއް ކުރިން ވެސް ފުއާދު އިންޑިއާގައި އެތައް ދުވަހެއް ވަންދެން މަޑު ކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

ދަރިކަލުން ނިޔާވުމުން ވެސް، ފުއާދު މިއަދު ވެސް މަސައްކަތުގައި އުޅުއްވުމުން، ހިތާމައިގެ މި ދަނޑިވަޅުގައި ވެސް ދެއްކެވި ކެތްތެރިކަމުގެ މިސާލަށް ގިނަ ބަޔަކު ތައުރީފު ކުރިއެވެ.

ދަރިކަލުންގެ ޖަނާޒާއަށް ފަހުގައި، ފުއާދު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ސާފެއް ނޫނެވެ.

 

 

 

 

 

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް