Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިސްލާހުގެ ސަބަބުން ﷲ އާއި ރަސޫލާއަށް ފުރައްސާރަކުރުން ޤާނޫނުން ހުއްދަކުރާ ކަމަށް ބެލެވޭ: މާލެ ސިޓީ ކައުންސިލު

އިސްލާހުގެ ސަބަބުން ﷲ އާއި ރަސޫލާއަށް ފުރައްސާރަކުރުން ޤާނޫނުން ހުއްދަކުރާ ކަމަށް ބެލެވޭ: މާލެ ސިޓީ ކައުންސިލު

ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ނަމުގައި ހުށަހަޅައިފައިވާ އިސްލާހުގެ ސަބަބުން މާތް ﷲ އަށާއި އެކަލާނގެ ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުން ޤާނޫނުން ހުއްދަކުރާ ކަމަށް ބެލެވޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހިމެނި ވަޑައިގަންނަވާ ގޮތަށް 13 ބޭފުޅެއްގެ ސޮއި އާއެކު މިރޭ ނެރުއްވި ނޫސްބަޔާނުގައި އެ ކައުންސިލުން ވަނީ މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި މި އިސްލާހާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އެމްޑީޕީގެ ހިސާން ހުސައިން ހުށަހެޅުއްވި މި އިސްލާހާ މެދު ކަންބޮޑުވެ މާލޭ ސިޓީން ނެރުއްވި ބަޔާނުގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ސޮއި ކުރައްވައިފައެއް ނުވެއެވެ.

Advertisement
Ooredoo — Square (box)

އެ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީއާ ތައާރަޒުވާ އަދި ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް އޭގައި ހިމެނޭ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

"މި އިސްލާހުގެ ސަބަބުން ދީނަށް ހަޖޫ ޖަހައި ފުރައްސާރަކޮށް ﷲ ސުބްހާނަހޫވަތަޢާލާ އާއި ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަ ކުރުން އެއީ ޤާނޫނު ހުއްދަ ކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމަށް ބެލެވެއެވެ." ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މި އިސްލާހު ފާސް ނުކުރުމަށް، ކައުންސިލްގެ މެމްބަރުން ތަމްސީލުކުރާ ދާއިރާތަކުގެ މެމްބަރުންނަށް މާލެ ސިޓީ ކައުންސިލުން ވަނީ ގޮވައިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް