ހުއްދަ ނެތި މާލެއިން ވިލުފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް، ނަގަންޖެހޭ ހުއްދަތައް ނުނަގާ މާލެއިން ތ. ވިލުފުށްޓަށް ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަކޮށްފިއެވެ.
ފުލުހުން ބުނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް، ނަގަންޖެހޭ ހުއްދަތައް ނުނަގައި މާލެއިން ވިލުފުއްޓަށް ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަދި އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެގެން އައްޑޫ ސިޓީ ފޭދޫއިން 35 އަހަރުގެ އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.