ޚަބަރު

މެމްބަރު މޫސާ ސިރާޖް އެމްޑީޕީން ވަކިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވެރިކަންކުރާ އެމްޑީޕީން މިއަދު ވަކިވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިރާޖު ފޮނުއްވި ސިޓީގައި ވިދާޅުވީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން އެދިވަޑައިނުގަންނަވާތީ ވަކިކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ސިރާޖު އެ ޕާޓީން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. އެ ޕާޓީން ސިރާޖު ވަކިވެފައިވާއިރު މި ފަހުން އެމްޑީޕީގެ ހަރަކާތްތަކާ ވެސް އޭނާ ވަނީ ދުރުވެފައެވެ.

އެނގިފައިވާ ގޮތުގައި ސިރާޖް އެމްޑީޕީން ވަކިވީ އިދިކޮޅު ޕީޕީއެމްއާ ގުޅުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!