މާލޭގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ސިޓީ ކައުންސިލުން ހުއްދައެއް ނުދިން: މާރިޔާ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާ މާލޭގައި ބާއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުދިން ކަމަށް ރައީސް ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިޔާ ވިދާޅުވީ އެމްޑީޕީން ޖަލްސާއެއް ބޭއްވުމަށްޓަކައި މިހާރު ވެސް ސިޓީ ކައުންސިލުގައި އެދެމުންދާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ސިޓީ ކައުންސިލުން ނުދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
“ފުރަތަމަ ފަހަރު ވެސް އެހެން ކަމެއް އޮތޭ ކިޔައިފަ ނުދެއްވީ. ދެން އަނެއްކާވެސް އެދުނީމަ އެރޭ އެތަން އެހެން ބަޔަކު ހިފާފައޭ ބުނާއިރު އެތާ އެތެރޭގައި އުޅުއްވާ ކައުންސިލަރުން އެބަ ވިދާޅުވޭ އެކަމެއް ނެތޭ" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަންވައިގެން މުއިއްޒު އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީގައިވާ ގޮތާ ހިލާފަށް ކަމަށާއި އެކި ގޮތްގޮތުން އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އެޅުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރީ ކަލޭ ދޮގުހަދައިގެން ވާހަކަ ނުދައްކާ! ކަލޭ ތިޔަ އޮރިޔާން ނިވާކުރޭ