ވަޒީފާ ހޯދައިދޭނެކަމަށް ބުނެއޮޅުވާލާ އިންޑިއާގެ އަންހެނަކު އެތައް ބައެއްގެ އަތުން ފައިސާ އަތުލައިފި
އިންޑިއާގެ އަންހެނަކު އެތައް ބައެއްގެ ގާތުގައި ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލާ އެމީހުންގެ އަތުން ފައިސާ އަތުލައިފިއެވެ.
52 އަހަރުގެ މި އަންހެން މީހާވަނީ އެތައް ބައެއްގެ ގާތުގައި ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވެދޭނެ ކަމަށް ބުނެ އޮޅުވާލާފައެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އިންޑިއާ ޓައިމްސް އިން ބުނެފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ.
އޭނާ އަކީ ސަރުކާރުގެ އެކި ވުޒާރާތަކުގެ މީހުންނާ ގާތް ގުޅުން އޮންނަ މީހެއް ކަމުގައި ބުނެ އޭނާ ވަނީ ގިނަ ބަޔަކަށް އޮޅުވާލާފައެވެ. އަދި އެ ވުޒާރާތަކުން ވަޒީފާ ހޯދައިދޭނެ ކަމަށް ވެސް ބުނެފައިވެއެވެ
މި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ފިލަން އުޅެނިކޮށް ކަމުގައި މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ. އަދި މި މީހާއާއި ގުޅޭ އެތައް މައްސަލައެއް ވެސް ފުލުހަށް ހުށަހަޅާފައިވާކަމަށް ރިޕޯޓް ތައް ބުނެއެވެ
މި އަންހެން މީހާ ވަނީ އެކި މީސްމީހުން އަތުން ޖުމްލަ 50 ލައްކަ ރުޕީސް އަތުލާފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.