ޚަބަރު

އިނގުރައިދޫން އަންހެނަކާއި، އޮމަދޫން އަންހެނަކު ކޮވިޑް-19 އަށް ފައްސިިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރ. އަތޮޅު އިނގުރައިދޫން އަންހެނަކާއި، އދ. އޮމަދޫން އަންހެނަކު ކޮވިޑް-19 އަށް ފައްސިިވެއްޖެ އެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން މިއަދު ބުނީ ހޯމް ކަރަންޓީނުގައި ތިބި 2 އަންހެނަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ރ. އިނގުރައިދޫން ފައްސިވި 36 އަހަރުގެ އަންހެނެއްގެ އިތުރުން އދ. އޮމަދޫއިން ފައްސިވި 58 އަހަރުގެ އަންހެނެކެވެ.

މީގެ ކުރިން އިނގުރައިދޫގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ވަނީ ކޮވިޑް-19 ފައްސިވެފައެވެ. އަދި މިއީ އޮމަދޫން ކޮވިޑް-19 ގެ ކޭސް އެއް ފެނުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރު މިއަދު  ކ. ގުޅިން ދެ މަހުގެ ތުއްތު އަންހެން ކުއްޖަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މި ރަށްރަށުގެ އިތުރުން ރާއްޖޭގެ އިތުރު 20 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. އެއީ ހއ. ފިއްލަދޫ، ހދ. ކުރިނބި، ބ. ކުޑަރިލިކު، ކ. ތުލުސްދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ހިތަދޫ، ހއ. އިހަވަންދޫ، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ކ. ހިންމަފުށި، ވ. ކެޔޮދޫ، ތ. ވިލުފުށި، އައްޑޫ ސިޓީ ފޭދޫ، ހދ. ނާވައިދޫ، ބ. ކަމަދޫ، ޅ. ނައިފަރު، އދ. މާމިގިލި، ވ. ތިނަދޫގެ އިތުުރުން ފުވައްމުލަކު ސިޓީއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!