ޚަބަރު

ކޮންމެ ރަށަކުން ވެސް ބުނަނީ، މި ސަރުކާރު ބަދަލު ކުރަން ބޭނުން ވާހަކަ: އަމީން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިނުގައި، ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެންނެވުމުން ވެސް، ފެނިގެންދަނީ މި ސަރުކާރު ބަދަލު ކުރަން ބޭނުންވެފައި ތިބިކަން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ރަނިންމޭޓް، އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ތ.ތިމަރަފުށީގައި، މިއަދު ޖޭޕީއަށް ތާއީދު ކުރާ ރައްޔިތުންނާއި ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުން އަމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަމީން ވިދާޅުވީ ރައްޔިތުން މިސަރުކާރުން ގެނައީ ވަރަށް ބޮޑު އުއްމީދެއްގައި ނަމަވެސް މިއަދު ރާއްޖޭގެ ކޮންމެ ރަށަކުން ބުނަނީ މިސަރުކާރު ބަދަލުކުރަން ބޭނުންވާ ވާހަކަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ސާބިތުކަމާއިއެކު ތެދުވާނެ ފަރާތެއް މި ޤައުމާއި ޙަވާލުވާާން ޖެހޭ ކަމަށާއި، އެ ފަރާތަކީ ޖޭޕީގެ ކެންޑިޑޭޓް، ޤާސިމް އިބްރާހީމް ކަމަށެވެ.

"މި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި، މި ޤައުމުގެ އިސްތިޤްލާާލްގެ ޙައްޤުގައި، ތިޔަ ބޭފުޅުން ވޯޓު ދެއްވަން ވާނީ މި ޕާޓީއަށް." އަމީން ވިދާޅުވިއެވެ.

ޮސަރުކާރުން އިންތިހާއަށް ކޮރަޕްޝަން ހިންގަމުން އަންނައިރު، މި ހުރިހައި ކަމަކުން ސަލާމަތްކޮށްދެއްވާނެ ހަމައެކަނި ފަރާތަކީ ޤާސިމް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!