ޚަބަރު

މާރިޔާ މިފަހަރު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން މުޢިއްޒުއަށް ތާއީދު ކުރާ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހަރުކަށި ފިކުރުގެ މީހުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުއަށް ތާއީދުކޮށް ކެމްޕެއިން ކުރައްވަމުންދާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަޙްމަދު މިއަދު ތުހުމަތުކުރައްވައިފިއެވެ.

Ads by Sosun Fihaara
މާރިޔާ ސިލްސިލާކޮށް ބާއްވަވަމުން ގެންދަވާ ނޫޫސްވެރިންގެ ބައްދަލުވުންތަކުގައި މުޢިއްޒުއަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައެވެ. އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ 2013 އިން ފެށިގެން 2018 އަށް ހިނގާދިޔަ ރައީީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ނުފޫޒު ސަރުކާރަށް އޮތް މިންވަރު ފެނިގެން ދިޔަ ކަމަށެވެ.

ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބަކީ މުއިއްޒު އަނބިކަނބަލުންގެ އެއްބަނޑުއެއްބަފާ ބޭބެ ކަމަށާއި، ސަލަފްގައި އެ ބޭފުޅާގެ ބޮޑު ބޭބެވެސް އުޅޭ ކަމަށް މާރުޔާ ވިދާޅުވިއެވެ.

"އެބޭފުޅާގެ އެޑްރެހަކީ މއ. ބާބުލް އަވާލީ. އަޅުގަނޑުމެން ނުދައްކަމޭ ބާބުލްއަވާލީގައި ވަކިން ނަމާދުކުރި ވާހަކައެއް. ނުދައްކަމޭ މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅުންނޭ ވެސް. އަޅުގަނޑު މެން ނުބުނަމޭ ކޮނޑޭއަށް ރައީސް ޞާލިޙު އަރާ ވަޑައިގެންނެވީމަ އެއަށްވުރެ ދެގުނައަށް މީހުން ނިކުމެ ތިއްބޭ މުޢިއްޒު ވަޑައިގަތީމަ. ކޮނޑޭއަކީ ތަފާސްހިސާބުތަކުން ނިސްބަތުން އެންމެ ގިނަ މީހުން ސީރިއާއަށް ފޮނުވާފައިވާ ކަމަށް އޮންނަތަން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީއިން ދައްކާ ވާހައަކީ މުޢިއްޒަށް ސަލަފް ޖަމިއްޔާތަކަށް ނިސްބަތްވާ މީހުން އެންޑޯޒް ކުރައްވަމުންދާ ވާހަކަ ކަމަށެވެ.

މާރިޔާގެ މިފަދަ ވާހަކަތަކަށް މުޢިއްޒު މީގެ ކުރިން "ދެން"އަށް ދެއްވި ބަސްދީގުމެއްގައި ރައްދު ވެސް ދެއްވިއެވެ. އެގޮތުން މުޢިއްޒު ވިދާޅުވީ، ސަލަފު ޖަމިއްޔާ އާއިއެކުގައި ސިޔާސީ މަސައްކަތެއް ކުރަން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!