Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަން ދެ ރަށަކުން އެއްބަޔަކު ނުކުތުމުން، ޓޮމް ފާޑު ވިދާޅުވެއްޖެ

ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަން ދެ ރަށަކުން އެއްބަޔަކު ނުކުތުމުން، ޓޮމް ފާޑު ވިދާޅުވެއްޖެ

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ދެންނެވުމަށް، ދެ ރަށެއްގައި ވެސް ތިބީ އެއްބަޔަކު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް(ޓޮމް) ފާޑުވިދާޅުވެއްޖެއެވެ.

ޓޮމް ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރައްވައިފައިވާ ދެ ފޮޓޯއަކުން ފެންނަނީ، އދ.ކުނބުރުދޫ އަދި އެ އަތޮޅު އޮމަދޫއެވެ. ދެ ފޮޓޯއިން ވެސް، ރައީީސް ޞާލިޙަށް މަރުޙަބާ ވިދާޅުވާން ނުކުމެ ތިބެނީ އެއްބައެވެ. ޔޫސުފް ރަފީޢު(ޔޫސޭ)ގެ ހެއްވާ މަޖާ ޑްރާމާ، "ދިރިއުޅުމަކީ މިއީބާ؟"ގައި ވެސް މިފަދަ މަންޒަރުތަކެއް ހިމެނެއެވެ. ޓޮމް ސިފަ ކުރެއްވީ ވެސް އެގޮތަށެވެ.
"ދިރިއުޅުމަކީ މިއީބާ ގެ އެޕިސޯޑް…… (ހުސް ތިމާގެ މީހުންވީމާ ހުރިހާ ރަށެއްގައިވެސް އެންމެން ވަރަށް އެއްވައްތަރުވާނެ) " އޭނާ ލިޔުއްވައިފައި ވަނީ މިހެންނެވެ.
ރައީސް ޞާލިޙަށް މަރުޙަބާ ކިޔުމަށް ބައެއް ރަށްރަށުން ހަދާ ސަފުތަކުގައި އިންޑިއާގެ ބައެއް މީހުން ތިބޭ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް، މީސްމީޑިއާގައި މިދޭތެރެއިން ވައިރަލް ވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް