ރިޔާސީ އިންތިޚާބު 2023: ބޭނުންވާ އަދަދަށް އޮފިޝަލުން ލިބިއްޖެ
ރިޔާސީ އިންތިޚާބުގައި ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ބޭނުންވި އަދަދަށް ލިބިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވިދާޅުވެއްޖެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ޙަބީބު މަޢުލޫމާތުދެއްވި ގޮތުގައި 5،000 އެއްހައި މީހުން ވަނީ އޮފިޝަލުންނަށްވުމަށް އެދި ކުރިމަތިލައިފައެވެ.
ޙަބީބު ވިދާޅުވީ އޮފިޝަލުންނަށް ޓްރައިނިން ދޭން ޖެހޭނެ ކަމަށާއި، އެކަމުގެ ކަންކަން މިހާރު ކުރިއަށް ގެންގޮސް، ނިމިފައިވާ ކަމަށެވެ. އަދި މިއަދާއި މާދަމާވެސް ޓްރައިނިން ދިނުން ކުރިއަށްދާނެކަމަށް ޙަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އީސީއިން އުޖޫރަ ދޭނެއެވެ.
އެގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ، 1500 ރުފިޔާ ލިބޭނެއެވެ. އަދި ރުފިޔާ، ފޯނު އެލަވަންސް އަށް 100 ރުފިޔާ ލިބޭނެއެވެ.
އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1200 ރުފިޔާ ލިބޭނެއެވެ.
ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެއެވެ.