ރައްޔިތުން ދޭ ވޯޓަކީ ބާކީ ވެގެންދާ އެއްޗަކަށް ނުހަދާނަން: ރައީސް

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދޭ ވޯޓަކީ ބާކީ ވެގެންދާނެ އެއްޗަކަށް ނުހައްދަވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙު މިހެން ވިދާޅުވީ ޅ.ކުރެންދޫއަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙު ވިދާޅުވީ، ކުރެންދުއަށާއި މުޅި ރާއްޖެއަށް ގެންނަން ޖެހޭ ހެޔޮ ބަދަލު ގެންނެވުމުގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ކުރެންދޫގެ ރައްޔިތުންނަކީ އެމަނިކުފާނާއި ވަރަށް އަރިސް ބައެއްކަން ފާހަގަކުރެއްވިއެވެ."ކުރެންދޫގެ ރައްޔިތުންނަކީ އަޅުގަނޑަކަށް އާ ބައެއް ނޫން. ސިޔާސީ އިސްލާހީ ހަރަކާތް، އެމްޑީޕީން ފުރަތަމަ ފެށި ދުވަހުން ފެށިގެން، އެންމެ ކުރީ ސަފުގައި، އަބަދުވެސް، އަބަދުވެސް ހަރަކާތްތެރިވަމުން އަންނަ ބައެއް، ކުރެންދޫގެ ރައްޔިތުންނަކީ." ރައީސް ޞާލިޙު ވިދާޅުވިއެވެ.ރައީީސް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އިސްލާހީ މަސައްކަތުގައި ބައިވެރިވުމުން، ކުރެންދޫގެ ކިތަންމެ ބަޔަކު ޖަލުގެ ކުޑަގޮޅި ދެކެފައިވާނެ ކަމަށެވެ. އެމްޑީޕީ ހަ އަހަރުވަންދެން މަގުމަތީގައި އުޅުމަށްފަހު، އަނެއްކާވެސް ނުކުމެ، ވޯޓުން އަނިޔާވެރިކަން ނިންމުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވުމުން ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.





ކޮމެންޓް