ޚަބަރު

މިއަށްވުރެ ފައިދާ ކުރާކަހަލަ މެނިފެސްޓޯއެއް ހިފައިގެން ނުކުތް ބޭފުޅަކު ނުހުންނާނެ: ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

”އަޅުގަނޑަށް ދެވުނު ކޮންމެ އަތޮޅަކުން، ކޮންމެ ރަށަކުން ފެންނަ މަންޒަރަކީ އެކީއެކީގައި އެއްބުރުން މިކަން ނިންމަން ތައްޔާރަށް ތިބި ތަން. މިއަދު ވޯޓު ނެގިޔަސް، އެއްބުރުން ކާމިޔާބުކުރާނަން." ރައީީސް ވިދާޅުވިއެވެ.

Ads by Sosun Fihaara

"އަޅުގަނޑަށް ހަމަ ޔަގީން، މިއަށްވުރެ ރަނގަޅު، މިއަށްވުރެ ތަފްސީލީ، މިއަށްވުރެ ފައިދާ ކުރާ ކަހަލަ، މެނިފެސްޓޯއެއް ހިފައިގެން ނުކުމެ ހުންނެވި ބޭފުޅެއް ނުހުންނާނެކަން."

ރައީސް މިއަދު އޮޅުވެލިފުއްޓަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެތެރޭގައި، ބޯހިޔާވަހި ކަމަށް ރޯހައުސް ނުވަތަ ފުލެޓު އެޅުމާއި ގެދޮރު އެޅުމަށް ލޯނު ދޫކުރުމާއި އެ ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކައި، ޕިކްނިކް އައިލެންޑެއް ހެދުން ހިމެނެއެވެ.

  1. މާލޭ ސަރަހައްދުން ގީތި ގެދޮރު ދޫކުރުމުގެ ވިސްނުނަކީ ޔާމީނު ސަރުކާރުގައި ޑރ މުޢިޒު އިއުލާން ކުރި ކުރުމެއް މާލޭ ސަރަހައްދުން ގޯތިދިނުން، މިއަދު ސަރުކާރުން އެތަންފީޒު ކުރަނީ !