އެމްޑީޕީން އައްޑޫ ބާކީއެއް ނުކުރާނެ: މިނިސްޓަރު ޢައިޝަތު ޢަލީ

ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން އައްޑޫ ސިޓީ ބާކީ ނުކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިރޭ ކުރެއްވި ޓްވީޓެއްގައި ސަރުކާރުން އައްޑޫ ސިޓީގެ ރަށްތަކުގައި ހިންގައިފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ދައްކުވައިދޭ ވީޑިއޯއެއް ހިއްސާ ކުރައްވައެވެ. އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ސަބަބުން، ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ޙައްޤު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. https://twitter.com/aisthly/status/1697290710234575078?t=s57IMy91Ft0CEmMou3HKzA&s=19 ރިޔާސީ ކެމްޕެއިން ފެށި ފަހުން ރައީސް ޞާލިޙު އަދި އައްޑޫ ސިޓީއަށް ވަޑައިގެންފައި ނުވިޔަސް، އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ނިންމަވައިލައްވަން ވަޑައިގަތީ ވެސް އައްޑުއަށެވެ. ރައީސް ޞާލިޙު މިރޭ ވަނީ ޅ.ހިންނަވަރުގައި ކެމްޕެއިން ޖަލްސާއެއް ބާއްވަވައިފައެވެ. އަދި މާދަމާ ރޭ، "އުފާވެރި މާލެ" ނަމުގައި މާލޭގައި ޖަލްސާއެއް ބާއްވާނެއެވެ.





ކޮމެންޓް