ޚަބަރު

ދަމުދަނަމާދުކޮށް، ޤުރުއާާން ވެސް ކިޔަވަން: ރައީސް ޞާލިޙު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމަނިކުފާނު ދަމުނަމާދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙު މިކަން ހާމަކުރެއްވީ، ރާއްޖެޓީވީއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ.

ރިޔާސީ ކެމްޕެއިން ދުވަސްވަރު ނޫންނަމަ، އާއްމު ގޮތެއްގައި މަސައްކަތް ކުރައްވާ ގޮތް ވިދާޅުވެދެއްވަމުން، ރައީސް ޞާލިޙު ވިދާޅުވީ ފަތިހު 4:00ހާއިރު، ހޭފުޅުލައްވައި، ދަމު ނަމާދު ކުރައްވައި، ފަތިސް ނަމާދަށް ބަންގި ގޮވަންދެން ޤުރުއާން ވެސް ކިޔަވާ ކަމަށެވެ.

"ބައެއް ދުވަސްދުވަހު، ޤުރުއާނުގެ ތަރުޖަމާ އާއި ވެސް ކިޔަން. ދެން ފަތިސް ނަމާދަށް ބަންގި ގޮވީމާ، ނަމާދުކޮށްގެން ލިބޭނެ ގާތްގަނޑަކަށް ގަޑިއެއްހާއިރު، އެ ގަޑީގަ، ކުޑަކޮށް، ދުވަހުގެ ކުރިއަށް ހުރި ކަންތައްތަކާ ދޭތެރޭގަ ވިސްނާލާ ފިކުރު ހިންގާލަން." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ ބައެއް ދުވަސްދުވަހު ކަސްރަތު ކުރައްވާ ކަމަށާއި، އެހެންނަމަވެސް މާ އަވަހަށް އޮފީހަށް ވަޑައިގަންނަވަން ޖެހޭނަމަ، ކަސްރަތު ނުކުރައްވާ ކަމަށެވެ.

"އެއަށްފަހު ތައްޔާރުވެގެން، ފޯނުގަ ހުރި މެސެޖުތަކާއި، ނޫސްތަކުގައި ހުރި ހެޑްލައިނާ އެއްޗެހި ބަލާލާފައި، 8:45ހާއިރު އަޅުގަނޑު އޮފީހަށް ދާން ނުކުންނަނީ. އާއްމުކޮށް 9 ޖަހާއިރު އަޅުގަނޑު ބަލަން އޮފީހުގަ އިނދެވޭތޯ."

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ، ކިރިޔާ ވެސް ފުރުސަތެއް ލިބިވަޑައިގެންފިނަމަ، މެންދުރު ކެއުމަށް ވަޑައިގަންނަވަނީ ގެއަށް ކަމަށެވެ. އަދި މަސައްކަތްތަކަށްފަހުގައި ނިދި ކުރައްވަނީ ރޭގަނޑު 12 ޖަހާއިރު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އެފަދަމީހަކު ތިފަދައިން އަނިޔާވެރިވެ މީހުނާދިމާކޮން އަނިޔާވެރި ހުތުރުބަހުންވާހަކަދައްކާނުހަދާނެ އަދިދީނަށްކަމޭހިތާނެ އެކަމކު މިހާރު އެއްމެހާފާހިސް އަމަލުތަކަން ޖާގަދޭސަރުކާރެންމިނޫނީ ނާދެ ކިތައްމެ ޭނުމަސް މަކަރުހީލަތެއްނަހަދާނެ.މީހުންގެނެތިނުބާވާހަކައެއްނުދައްކާނެ

  2. ރަޙީމް

    ތިފަދަ ވެރިއެއް ބޭނުންވަނީ. ސާބިތުކަން ދެއްވާށި.

  3. އަބްދޫ

    ހިތް ގަދަފަދަ ހަރުކަށިމީހުނަށް ދިމަވާކަންކަމުން ރޮވޭފަހަރު ވެސް އާދޭ.

  4. ހިތްވަރު

    މާތްކަލާކޯ ދެން އެކަން އިސްތިހާރު ކުރަންވީތަ. އެއީ މީސްމީހުނަށް އަންގައިގެން ކުރަންވީ ކަމެއް ނޫން