ގުރައިދޫން ދައްކައިދިނީ، ޕީޕީއެމަށް އޮންނަ ދެގޮތެއް ނުވާ ލޯބި

އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ތާއީދު ބޮޑު، ތ.ގުރައިދޫން، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއަށް މިއަދު ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ.
މުޢިއްޒުއަށް އެ ރަށުން އެންމެ ފުރަތަމަ މަރުޙަބާ ވިދާޅުވެ، ާސަލާާމް ކުރެއްވީ ތ.ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫނެވެ.
ގުރައިދޫން މުޢިއްޒުއަށް ހަތްކޮޅުގައި، ސަޤާފީ މަރުޙަބާއެއް ކިޔައިފައިވާއިރު، އެމަނިކުފާނާއި ސަލާމް ކުރެއްވުމަށް، އަސުރުމާ ކުލައިގެ ހެދުމުގައި ގިނަ ބަޔަކު އެއްވެ ތިއްބެވެ. އެރަށުގެ ރައްޔިތުން ޕީޕީއެމަށް އޮތް ތާއީދު އިތުރަށް ޔަޤީން ކޮށްދިންއިރު، މުޢިއްޒުއަށް ދެއްވީ މެޖޯރިޓީގެ ޔަޤީންކަމެވެ.
ގުރައިދޫގެ ރައްޔިތުންނާއި ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕުން ބައްދަލު ކުރައްވަމުންދާއިރު، އެ ދާއިރާގެ މެމްބަރު ޣައްސާން ވަނީ މުޢިއްޒު އަކީ، އޭރު މަޖީދިއްޔާ ސްކޫލްގައި އެންމެ މޮޅު ދަރިވަރުކަން ފާހަގަކުރައްވައި، އޯލެވެލްއިން 17 މާއްދާ ހައްދަވައި، އޭ ފާސް ވެސް ހޯއްދެވި ކަމަށް ވިދާޅުވެފައެވެ.