ޚަބަރު

ތުއްތު ކުއްޖެއްގެ ފޮޓޯޖަހާ، ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައެއް ފެންމަތިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތުއްތު ކުއްޖެއްގެ ފޮޓޯ މީސްމީޑިއާގައި އާއްމުކޮށް، އެކުއްޖާއާއި ދިމާލަށް ބޭއަދަބީ ބަސްތައް ބޭނުން ކޮށްފައިވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by STELCO

މީސްމީޑިއާގައި މީހަކު، ތުއްތު ކުއްޖެއްގެ ފޮޓޯއެއް ޖަހާ، އޭގެ ކެޕްޝަންގައި އެކުޑަ ކުއްޖާއާއި ދިމާލަށް ބޭއަދަބީ ނަމަކުން މުހާތަބު ކުރަމުން ބުނެފައިވަނީ، އެކުއްޖާއާއިހެދި އޭނާއަށް ދުނިޔެމަތީގައި އެއްވެސް ހިތްހަމަ ޖެހުމެއް ވެސް ލިބޭކަށް ނެތް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެޕޯސްޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންގެ ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ އަޅަމުން ކަމަށެވެ.

"މިއީ ތުއްތު ކުއްޖަކާއި ގުޅުންހުރި ވަރަށް ޙައްސާސް ކަމަކަށްވުމާއެކު މިޕޯސްޓު އިތުރަށް ޝެއާކޮށް ނުވަތަ ޕޯސްޓާއި ގުޅިގެން މީޑިއާގައި ޚަބަރުތައް ލިޔުމުން ކުއްޖާ އިތުރަށް ވިކްޓިމައިޒް ވެގެން ދާނެ ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަމެވެ. އެހެންކަމުން މިކަމާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް މީޑިއާގެ ބޭފުޅަކަށް ލިބިވަޑައިގެންފައިވާނަމަ އަޅުގަނޑުމެންނާއި ހިއްސާ ކުރެއްވުން އެދެމެވެ" ފުލުހުން ވިދާޅުވެފައިވެއެވެ.

މިޕޯސްޓު މީށްމީޑިއާއިން ފެނިގެން އެންމެ ފުރަތަމަ ގިނަ މީހުންނަށް ހީވެފައިވަނީ އެތުއްތު ކުއްޖާއަކީ މިއަންހެންމީހާއާއި ގުޅުމެއް ހުރި ކުއްޖެއް ކަމަށެވެ.

ނަމަވެެސް މިޕޯސްޓާއި ގުޅިގެން މީސްމީޑިއާގައި އާއްމުވެފައިވާ ކޮމެންޓުތަކަކަށް ބަލާލާއިރު، މިއީ އެހެން މީހެއްގެ ކުއްޖެއް ކަމަށާއި، ފޮޓޯ މީސްމީޑިއާގައި އާއްމުކޮށްފައި ވަނީ އެކުއްޖާއާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫންކަން ވަނީ ހާމަވެފައެވެ.

އެގޮތުން އެހެން އަންހެނަކު މިޕޯސްޓާއި ގުޅިގެން ކުރި ކޮމެންޓެއްގައި ބުނެފައިވަނީ އެކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށާއި، ފޮޓޯ ޖެހި އަންހެން މީހާއަކީ އެކުއްޖާގެ ބައްޕައާއި ކައިވެނި ނުކުރެވިގެން އުޅޭ މީހެއް ކަމަށެވެ. ކުއްޖާގެ މަންމަ ކަމަށް ބުނާ މީހާ ބުނެފައިވަނީ އޭނާއާއި އޭނާގެ ފިރިމީހާ އުޅެނީ ވަރަށް ލޯބިން ކަމަށާއި އެމީހުންގެ ދަރިފުޅު ނުބެލިގެން ނޫޅޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!