Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުއްލި ޙާލަތްތަކުގައި ރަށްރަށަށް ބޭސް ފޮނުވުމަށް ޑްރޯންގެ ޚިދުމަތް ތަޢާރަފު ކޮށްފި

ކުއްލި ޙާލަތްތަކުގައި ރަށްރަށަށް ބޭސް ފޮނުވުމަށް ޑްރޯންގެ ޚިދުމަތް ތަޢާރަފު ކޮށްފި

ކުއްލި ޙާލަތްތަކުގައި ރަށްރަށަށް އުފުލަން ޖެހޭ ބޭހާއި، ލެބޯޓްރީ ސާާމްޕަލް ފަދަ ތަކެތި ފޮނުވުމަށް ސަރުކާރުން ޑްރޯން ޓެކްނޮލޮޖީ ތައާރަފު ކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފު ކޮށްފައި ވަނީ އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ ގުޅިގެންނެވެ. ޑްރޯން އޮޕަރޭޓްކޮށް، މެނޭޖު ކުރާީ އެސްޓީއޯއިންނެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވި 6 ކިލޯގެ ތަކެތި ހިފައިގެން ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަށް 80 ކިލޯމީޓަރަށް ދަތުރުކުރެވޭނެއެވެ. މި ޚިދުމަތުގެ ސަބަބުން، ޕޭޝަންޓުން ދަތުރު ނުކޮށްވެސް، ބޭނުންވާ ސާމްޕަލް ރަށްރަށަށް ފޮނުވޭނެއެވެ.

ސްވިޒަލެންޑްގެ ރިގީޓެކްގެ މި ޑްރޯންގެ ޚިދުމަތް މުޅި ރާއްޖޭގައި ދޭން ހަމަޖެހިފައިވެއެވެ.

Advertisement
Ooredoo — Square (box)

އެއް ޑްރޯނަކާ އެކު އިއްޔެ ހުވަދު އަތޮޅުގައި މި ޚިދުމަތް ވަނީ ފަށައިފައެވެ.

ޚާއްސަ ތަމްރީނުތަކަށް ފަހު ދުއްވޭ މި ޑްރޯންތައް ގަދަ ވައިގައި ވެސް ހިފަހައްޓާއިރު، ޑްރޯން ދުއްވަން ތިބޭނީ، ސިވިލް އޭވިއޭޝަންގެ ހުއްދައާ އެކު އެ ކަމަށް ތަމްރީނުކޮށްފައިވާ ވަކި ބައެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް