ޚަބަރު

ޕްރިސަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުން ބޮޑީވޯރން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.

Ads by STELCO

އެމްސީއެސްގެ 52 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކ. މާފުށީ ސްކޫލްގައި ބޭއްވި ޖަލްސާގައި ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފެށުން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ވެސް ކޮމިޝަނަރ އޮފް ޕްރިޒަންސްއެވެ.

ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ކޮމިޝަންޑް އޮފިސަރުންނާއި މުވައްޒަފުން އަދި ދަޢުވަތު އެރުވުނު މެހެމާނުން މި ޖަލްސާގައި ބައިވެރިވެލެއްވިއެވެ.

އަދި މޯލްޑިވްސް ކަރެންޝަނަލް ސަރވިސްއަށް މެދުނުކެނޑި 25 އަހަރަށްވުރެއް ގިނައިން ހިދުތްކުރެއްވި ހަތަރު އޮފިސަރަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމުގެ އިތުރުން، އެމްސީއެސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައިވެއެވެ.

މި ޖަލްސާގައި 211 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ އިތުރުން، ޝަރަފުގެ ކުލަ އާއި މެޑަލްވެސް ހަވާލުކޮށްފައި ވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު، އޮފިސަރުންނަށާއި މުވައްޒުފުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ފާހަގަކުރެއްވީ ވޭތުވެ ދިޔަ 52 ވަނަ އަހަރުގައި ޖަލު ބެލެހެއްޓުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި މި ޚިދްމަތް ފޯރުކޮށްދިނުމުގައި އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމެވެ.

Ads by Ooredoo
  1. ތީ ހިތަށްއެރިފަހަރަކު އޮން/ އޯފް ކުރާ އެއްޗެއްނު. ހޯނޑެއްދޫ ގައިވެސް…