ޚަބަރު

ދެން ސާވޭ: ޑިމޮކްރެޓްސްއާއެކު އެމްޑީޕީ ފަޅިވެ, ފުވައްމުލަކުގެ ބޮޑުބައި ޑރ. މުޢިއްޒަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދެން އޮންލައިން" އިން ފުވައްމުލަކުގައި ނެގި ސާވޭއިން އިން މުއިއްޒު ކުރި ހޯދައިފިއެވެ.

Ads by MWSC

ފުވައްލުލަކުގެ ޖުމްލަ ވޯޓް ލެވޭ އާބާދީއަކީ 9,500 މީހުންނެވެ. އޭގެ ތެރެއިން އެރަށަށް ވޯޓް ލުމަށް ރެޖިސްޓަރކޮށްފައިވަނީ 6379 މީހުންނެވެ.

2018 ވަނަ އަހަރުގެ ވޯޓްގެ ނަތީޖާއަށް ބަލާލާއިރު, އެ އަހަރު ޕީޕީއެމް އިން ވާދަކުރި ކުރީގެ ރައީސް ޔާމީންއަށް 43.5 އިންސައްތަ ލިބުނުއިރު, އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިހަށް އޭރު ލިބިފައިވަނީ 56.5 ވޯޓެވެ. އެއީ 3862 ވޯޓެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ މި ސާވޭގެ ޖުމްލަ ނަތީޖާ ލި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ދެން އިން ކުރިޔަށް ގެންދިޔަ ސާވޭގައި ފުވައްމުލަކުގެ ތިން ދާއިރާގެ 947 މީހުންނާ ވަނީ ސާވޭ ކުރެވިފައެވެ. އޭގެ ތެރެއިން 127 މީހަކު އެކި ސަބަބުތަކާހުރެ ސާވޭގައި ބައިވެރިވާން ވަނީ ދެކޮޅު ހަދާފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 39 މީހަކު ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ނުލާން ނިންމާފައިވާ ކަމަށެވެ.

ސާވޭގައި އެންމެ ކުރީގައި އުޅެނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒެވެ. މުއިއްޒު ވަނީ 294 މީހުންގެ ތާއީދާއެކު (34.44 އިންސައްތަ) ކާމިޔާބު ކުރައްވާފައެވެ. ޖެހިގެން އޮތީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 269 މީހުންގެ ތާއީދެވެ. އެއީ 34.33 އިންސައްތައެވެ. ތިންވަނައިގައި އޮތީ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބެވެ. އެމަނިކުފާނަށް 109 މީހަކު ތާއީދު ކުރެއްވިއިރު, އެއީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 13.96 އިންސައްތައެވެ. ހަތަރު ވަނައިގައި 6.53 އިންސައްތަ (51 މީހުންނާއެކު) އޮތީ ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމެވެ. އެމްއެންޕީފެ ނާޒިމަށް ލިބިވަޑައިގަތީ 3.71 އިންސައްތައެވެ. ފާރިސްއަށް 2.05 އިންސައްތަ ލިބިވަޑައިގަތްއިރު, އުމަރު ނަސީރަށް 1.15 އިންސައްތަ ލިބިވަޑައިގަތެވެ. ފުލުގައި އޮތީ 0.51 އިންސައްތައާއެކު ޒަމީލެވެ.

އެޑިޓަރުގެ ނޯޓް: މި ސާވޭ ކުރިޔަށް ގެންގޮސްފައިވަނީ 10 އޯގަސްޓް އިން ފެށިގެން 26 އޯގަސްޓާ ހަމައަށެވެ.މި ސާވޭގެ 95 އިންސައްތަ އަކީ ސީދާ ރަށްރަށަށް ދަތުރުކޮށް, ދޮރުން ދޮރަށް ހިނގާ, ކެފޭތަކާއި ރެސްޓޯރެންޓޯރެންޓްތަކާއި އޮފީސްތަކުގެ ބޭރުގައި ތިބެ ނަގާފައިވާ ސާވޭކަން ފާހަގަކޮށްލަމެވެ. 5 އިންސައްތައަކީ ފޯނުން ގުޅައިގެން ނަގާފައިވާ ސާވޭތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!