އިސްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

ލ. އިސްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމުގެ އެއްބަސްވުމުގައި, ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު، ޑރ. އަޙުމަދު ޒާހިރު އަލީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، އެއްބަސްވުމުގައި ވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެ، ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ ނަވާރަމިލިޔަން ހަލައްކަ ބާރަހާސް، ހަތްސަތޭކަ ފަސްތޮޅަސް ފަސް ރުފިޔާ، ހަތް ލާރިއެވެ.