Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީ, ރާއްޖެ ސިންގްޕޫރަށް ހަދާނެ: އިމްރާން

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީ, ރާއްޖެ ސިންގްޕޫރަށް ހަދާނެ: އިމްރާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް ދައުރު ގޮތަށް ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ވެރިކަން ކުރި ވެރިން ވެރިކަން ކުރެއްވިނަމަ ރާއްޖެ މިއަދު ސިންގަޕޫރާ ވާދަ ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް, ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙާއެކު ކޯލިޝަނެއްގައި އޮތް އަދާލަތު ޕާޓީގެ ރައީސް މިހެން ވިދާޅުވެފައިވަނީ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑު ހިތަށް އަރާ, ޙަޤީޤަތުގައި ވެސް އިނގޭތޯ, މި ރާއްޖެ މިނިވަންވީ ފަހުން, މިވާން އޮންނަ ފަސްދޮޅަކަށް އަހަރުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ މި ފަސް އަހަރު ދުވަހު ރާއްޖެ ހިންގެވި ގޮތަށް, ރާއްޖެ ހިންގެވި ނަމަ, މި ރާއްޖެ ވާދަ ކުރާނެ އިނގޭތޯ ސިންގަޕޫރާއި މެލޭޝިއާއާ." އިމްރާން ވިދާޅުވީ ރައީސް ޞާލިޙަށް އިތުރު ފަސް އަހަރު ދެއްވައިފިނަމަ އަދި ވެސް ސިންގަޕޫރާ އެއް ލެވެލްއަކަށް ރާއްޖެ ގެންދަވާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

އިމްރާންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, "ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރައްވާނެ ގޮތް ރަައީސަށް އިނގިވަޑައިގަންނަވާ" ކަމަށާއި "ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކާއި މުޚްދާތުތައް" ރައީސަށް އިނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ, ދިވެހި ރައްޔިތުންނަށް ޚިދުމަތް ދޭން ކަމަށް ވިދާޅުވިއެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ އެންމެ މަޤްސަދެއްގައި, އަދާލަތާއި އެމްޑީއޭ އެމަނިކުފާނާއެކުގައި މިތިބީ ވެސް ހަމަ އެ މަޤްސަދު ހާސިލް ކުރުމަށް. އެއީ މި ރާއްޖޭގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޚިދުމަތްކޮށްދޭން. ހެޔޮވެރިކަމެއްކޮށްދޭން" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ, މި ކެންޕެއިންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ދަތުރު ކުރެވިއްޖެ ކަމަށާއި, އެ ދަތުރުތަކުން އިނގިގެންދަނީ ރައީސް ޞާލިޙް އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރާނެ ކަން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް