ޚަބަރު

ކޮންމެ ދުވަހެއްގައި ލޮރީއެއްގައި ކެންޕެއިން ކުރަން ނިކުމެ, އުމަރު ހޯއްދެވި ނަތީޖާއިން ގިނަ ބަޔަކު ސިއްސުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެހެން ގިނަ ކެނޑިޑޭޓުންނާ ޚިލާފަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރު ކުރެއްވީ ތަފާތު ކެންޕެއިނެކެވެ.

Ads by MWSC

ރަށްރަށަކަށް ވަޑައެއް ނުގަންނަވައެވެ. ބޭނުންކުރެއްވީ ސޯޝަލް މީޑިއާ އާއި ލޮރީއެކެވެ. ކޮންމެ ދުވަހަކު ލޮރީއެއްގައި އުމަރުގެ ސިޔާސަތުތައް ކިޔާދެއްވަމުން ވަޑައިގަންނަވައެވެ. އެ ވީޑިއޯތައް ދެން ހިއްސާ ކުރައްވަނީ އުމަރުގެ ސޯޝަލް މީޑިއާގައެވެ. ރައްޔިތުންނާ ހަމައަށް މެސެޖް ފޯރުކޮށްދެއްވީ އެގޮތަށެވެ.

ރިޔާސީ އިންތިޚާބުގައި އުމަރަށް ލިބިވަޑައިގަތީ ހަތަރުވަނައެވެ. 6343 މީހަކު މިފަހަރުގެ އިންތިޚާބުގައި އުމަރަށް ވޯޓް ލެއްވިއެވެ. އެއީ ވޯޓްލީ މީހުންގެ 2.87 އިންސައްތައެވެ.

ރިޔާސީ އިންތިޚާބަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރު ކުރެއްވި އެމްއެންޕީގެ ނާޒިމާއި ޖޭޕީގެ ޤާއިމަށްވުރެ ގިނަ ވޯޓް އުމަރު ހޯއްދެވިއެވެ.

Ads by Allied Insurance
  1. ޖޭޕީގެ ޤާއިމަށްވުރެ ގިނަ ވޯޓް އުމަރު ހޯއްދެވިއެވެ

    ެޖޭޕީގެ ޤާއިމަށްވުރެ ގިނަ ވޯޓް އުމަރު ހޯއްދެވިއެވެ