ޚަބަރު

ލ. ގަން ރައީސް ޞާލިޙަށް ގެއްލިއްޖެ, ބޮޑުފަޅި މުޢިއްޒަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަބަދުވެސް އެމްޑީޕީގެ ތާއީދު ބޮޑު ލ. ގަމުން މިފަހަރު އެމްޑީޕީއަށް ބޮޑު ފަޅި ގެއްލިއްޖެއެވެ.

Ads by Hajj Corporation

ވަކިވަކި ފޮށިތަކުގެ ނަތީޖާ ބައްލަވާ

2018 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙަށް ލ. ގަމުން 61.6 އިންސައްތަ (1508 ވޯޓް) ލިބިވަޑައިގަތެވެ. މިފަހަރުގެ އިންތިޚާބުގައި 42.2 އިންސައްތައެވެ. އެއީ 1017 މީހުންނެވެ.

އިންތިޚާބުގައި ކުރީގައި އުޅެނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. މުޢިއްޒަށް ގަމުން 1122 ވޯޓް ލިބިވަޑައިގަތެވެ. އެއީ ވޯޓްލީ މީހުންގެ 46.56 އިންސައްތައެވެ.

ލާމު ގަމުން ޖުމްލަ 2,437 ވޯޓްލާފައިވާއިރު, އެރަށުގައި ވޯޓް ލެވޭ އާބާދީއަކީ 2,900އެވެ. ވޯޓްލާފައިވަނީ ވޯޓް ލެވޭ އާބާދީގެ 84 އިންސަތައެވެ. 2018ވަނަ އަހަރު އެރަށުން 92.3 އިންސައްތަ މީހުން ވޯޓް ލާފައިވެއެވެ.

އެހެން ކެނޑިޑޭޓުންނަށް ބަލާލާއިރު, ލާމު ގަމުން ތިންވަނައަށް އެންމެ ގިނަ ވޯޓް ލިބިފައިވަނީ ޑިމޮކްރެޓްސްގެ އިއްލެއަށެވެ. އެއީ 139 ވޯޓެވެ. ހަތަރު ވަނައިގައި އޮތީ ޖޭޕީގެ ޤާސިމެވެ.

ގަމުގައި ހަތަރު ވޯޓް ފޮއްޓެއް ބަހައްޓާފައިވާއިރު, ރައީސް ޞާލިޙް ކުރީގައި އުޅުއްވަނީ ހަމައެކަނި ލ. ގަމު މަތިމަރަދޫ ފޮށީގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!