Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިސްލާހީ މަސައްކަތުގައި ދެމިހުންނާނަން: ފާރިސް

އިސްލާހީ މަސައްކަތުގައި ދެމިހުންނާނަން: ފާރިސް

އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައީީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ފާރިސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ މީހުންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ފާރިސް ވިދާޅުވީ ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަށް އޮތްތަނުގައިވެސް މި އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ައަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 3004 (%1.37) ވޯޓެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ދެވަނަ ބުރުގައި ވާދަ ކުރައްވާނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް