ޚަބަރު

ދެވަނަ ބުރުގައި ރައީީސް ޞާލިޙު ބޮޑުކޮށް ބަލިވާނެ: މޫސާ ސިރާޖު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބޮޑުކޮށް ބަލިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޫސާ ސިރާޖު ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

ރައީސް ޞާލިޙާއި މުޢިއްޒު، ދެވަނަ ބުރުގައި ވާދަ ކުރައްވާނެއެވެ. މޫސާ ސިރާޖު މީީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏ދެވަނަ ބުރުގައި "އިބޫ ބޮޑުކޮށް ބަލިވާނެ" ކަމަށެވެ.

"އެއްބުރުން އިބޫ ނަގާފާނެ ކަމުގެ ބިރަށް ވޯޓު ދިން އެތަކެއް ރައްޔިތުންނަށް މިހާރު ސާފުވޭ އިބޫ ބަލިވާނެކަން. އެމީހުން ދެވަނަ ބުރުގައި އިބޫއަކަށް ވޯޓެއް ނުލާނެ." އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުޢިއްޒުއަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ޞާލިޙަށް ލިބިވަޑައިގަތީ، 86،000 ވޯޓެވެ.

ދެ ބޭފުޅުން ވެސް، އެހެން ވާދަވެރިންނާއިއެކު، ކޯލިޝަން ހަދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!