ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް ރާއްޖޭގައި ނޯންނާނެ: ޝަމާލް

ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަދި އުޅަނދެއް ވެސް އޮޕަރޭޓު ކުރެވެމުން ނުދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ދިވެހި ސިފައިންގެ ބާރު ނުހިނގައި އަސްކަރީ އެއްވެސް މަރުކަޒެއް ނޯންނާނެ ކަމަށެވެ. އަދި ބޭރުގެ އަަސްކަރީ މަރުކަޒެއް ރާއްޖޭގައި ނެތް ކަމަށް ވެސް ޝަމާލް ވަނީ ޔަގީންކޮށްދެއްވާފައެވެ.
މީގެ އިތުރުން އެކި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ދިވެހި ސިފައިން އެކި ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އަބަދުވެސް ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.
އެ ހަރަކާތްތަކާއި ތަމްރީނުތަކުގެ މަގްސަދަކީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށް، ހަރުދަނާ ކުރުން ކަމަށް ޝަމާލް ވިދާޅުވިއެވެ.







ކޮމެންޓް