ޚަބަރު

ޕީޕީއެމް-ޕީއެންސީގެ ޕޯޑިއަމްގައި ނާޒިމް: މި އައީ ރައީސް ޞާލިޙު ބަލި ކުރަން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕެއިނާއި ގުޅިވަޑައިގެން، "މި އައީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބަލި ކުރަން ކަމަށް އެމްއެންޕީގެ ރައީީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވަނީ ހުޅުމާލޭގައި ޖަލްސާއެއް ބާއްވަވައިފައެވެ. ޕީޕީއެމް-ޕީއެންސީ އާއިއެކުގައި ކޯލިޝަން ހައްދަވައި، މި ޖަލްސާގައި ބައިވެރިވެވަޑައިގެން، އެ ޕާޓީގެ ފަރާތުން ކިޔާފައިވާ މަރުޙަބާއަށް ނާޒިމް ޝުކުރު އަދާކުރެއްވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި، އޭނާ ސިޔާސީ މަސައްކަތް ފެއްޓެވީ ޕީޕީއެމުން ކަމުގައިވާއިރު، އެ ޕާޓީއާއި ދުރުގައި ހުންނެވިޔަސް، ހިތުގައި ޕާޓީއަށްޓަކައި އަބަދު ވެސް ލޯބި އޮތް ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯ ބެއްލެވިއިރު، އެމްއެންޕީގެ ސިޔާސަތުތަކާއި އެއްގޮތްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ޕީޕީއެމްގެ ކޯލިޝަނާއެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޞާލިޙު ބަލި ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބަލި ކުރެވޭނީ، ބަލި ކުރެވޭނެބާ؟ މިތަނުގައި މިއޮތް ލަޝްކަރަށް ބަލާލީމާ، އަޅުގަނޑުގެ ހިތަކު ޝައްކެއް ނުއުފެދޭ." އޭނާ ވިދާޅުވިއެވެ.

އެމްއެންޕީގެ ފަރާތުން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުން ފައިސާ ބަހަމުންދާއިރު ވެސް، ޕީޕީއެމްގެ މެމްބަރުން، ޤައުމު އިސްކޮށް ދައްކަމުން އަންނަ ސާބިތު ކަމަށް ތަޢުރީފު ކުރައްވާ ކަމަށެވެ.

ނާޒިމް ވަނީ ޕީޕީއެމްގެ ފިކުރުގެ މީހުން އިތުރު ޖޯޝެއްގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ، ދިވެހީންނަށް މިއަދު އަމިއްލަ ބަސް ބުނުމުގެ އެއްވެސް ބާރެއް ނެތް ކަމަށާއި، ޤައުމު އަޅުވެތިވެފައިވާ ކަމަށެވެ.

 

Ads by Allied Insurance
  1. ދީނުމާ

    މީގެ ކުރިން އެކަނި ނުކުތީ ޞާލިޙު ބަލިކުރާކަށް ނޫންދޯ؟ ކުޅިވަރުކުޅެ މަޖާކުރަން!! ދެފުއްކެހެރި އާލާތްގަނޑެއްމީ.

  2. ހަސަނު

    މިލިއަނުން ހަރަދު ކޮށްގެން، އެންމެ ގިން އެންމެ ބިޔަ ޕޯސްތަރުތައް މާލޭގަ ހަރުކޮށްގެން ތިމާ ގެންގުޅޭ މުވައްޒަފުންގެ އަދަދަށް ވުރެ މަދު ވޯޓުކޮޅެއް ލިބުނު މީހަކު މިހާ ގަދަބަސް ބުނީމަ ދިވެހީން ކައިރިއަށް އަންނާނީ ހިނި.

  3. ޖައްބޭ

    އިބޫ ތިޅާ ޖަލުން ނެރެދިނީމަ ދޯ ތި ފޮނުއަރުވަނީ