Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ދޮގު ހަބަރު ފަތުރަމުންދާތީ ޒިންމާދާރުކުރުވުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފި 

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ދޮގު ހަބަރު ފަތުރަމުންދާތީ ޒިންމާދާރުކުރުވުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފި 

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ޒިންމާދާރުކުރުވުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދުނާމުކުރުމަށް އޮންލައިން ނޫސްތަކުގައި ފަތުރަމުންދާ ދޮގު ޚަބަރުތައް  ދޮގުކުރާ ކަމަށެވެ.

އަދި އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އަޅައި، ޒިންމާދާރުކަމާއި އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ހަބަރު ލިޔުމަށް ކަމާބެހޭ މީޑިއާތަކަށް އިރުޝާދު ދެއްވުމަށް ފޮރިން މިނިސްޓްރީ އާއި މީޑިއާ ކައުންސިލަށް ދަންނަވާ ކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ. https://twitter.com/hcimaldives/status/1701824377015411140?s=61&t=gIKoIihsqv_pCaOu0eI-Cg ދޮގު ހަބަރުކަމަށް އެ ހައިކޮމިޝަނުން ބުނާ ބައެއް ހަބަރުތަކުގެ ސްކްރީން ޝޮޓްތަކެއް ވެސް ވަނީ އެ ޓްވީޓްގައި ހިއްސާކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް