އަނަސްގެ ކޮއްކޮ ޕީޕީއެމަށް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރުގެ އެއްބަންޑު އެއްބަފާ ކޮއްކޮ އަހުމަދު ނިހާދު ޢަބްދުއްޞައްތާރު، އިދިކޮޅު ޕީޕީއެމާ ގުޅިއްޖެއެވެ.
ނިހާދު ޕީޕީއެމަށް ސޮއިކުރެއްވުމުން، އޭނާގެ ފޯމާއު ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު، ޑރ.މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ ރަނިންމޭޓް، ޙުސައިން މުޙައްމަދު ލަޠީފެވެ.
ނިހާދަކީ ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ތާއީދު ކުރައްވާ ޑރ.މުހައްމަދު އިޔާޒް ޢަބްދުއްލަޠީފްގެ ލިޔަނެކެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަން އިތުރުވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ރައީީސް މުޙައްމަދު ނަޝީދު ލަފާކުރައްވާ ގޮތުގައި، ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީއާއި ގުޅޭނެއެވެ. ޑިމޮކްރެޓުން، އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ފަރާތެއް އަދި ނިންމާފައެއް ނުވެއެވެ.
ކޮއްކޮއާ ދައްތައާ ދަރިންވެސް ދާންވީ. އަންހެންދުޅާ ފިޔާތޮށިކުލަޔަށް މޮޔަވެފަ ތިބޭ ދެބަންދިހާރައިން ދާނެ.
ޢެހެން ވިއްޔާ މާފަންނު އަވަށުގެ ކުލަޔަކީވެސް ފިޔާތޮށްޓަށް ވީތީ ފިރިހެން ވެރިންނަކީ ހަމަ ތިޔަބުނާ ވައްތަރުގެ މީހުންތާ ! ހޭބަލިވެގެން ކޮމެންޓް ތިޔަކުރަނީ ހަރާން ލާރިޔަށްތާ އަލިފާން ހިފާދުވަހު ހުންނާނީ އެކަނި އެކަން ހަނދާން ބަހައްޓާތި
ތިޔައީ ވިލިމާލެ ބިމެއް ހޯދުމަށް ވެވޭ ސޮޔެއް ބަލާތި