Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިޤްތިޞާދު ވަނީ އެހެން ޤައުމެއްގެ މުށު ތެރޭގައި: ޓޮމް

އިޤްތިޞާދު ވަނީ އެހެން ޤައުމެއްގެ މުށު ތެރޭގައި: ޓޮމް

ދިވެހިރާއްޖޭގެ އިޤްތިސާދު ވަނީ އަވަށްޓެރި އިންޑިއާގެ މުށު ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް(ޓޮމް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުއިއްޒުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި މިއަދު އދ.އޮމަދުއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި ޓޮމް ކަންބޮޑުވުންފާޅުކުރެއްވިއެވެ. ޓޮމް ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލުމުގައި އެންމެ ބޮޑަށް ވިސްނައިފައިވަނީ ޤައުމުގެ މިނިވަންކަމާއިމެދުގައި ކަމަށެވެ. އެހެންކަމުން، ދެވަނަ ބުރުގައި ވެސް ނުފޫޒުން އެއްކިބާވެ، ވޯޓުލުމަށް އެދިވަޑައިގަތެވެ. "ޙަޤީޤަތުގައި މިހާރު، ނުފޫޒުން ނެއްޓެންވީ ވަގުތު މިއީ. ނުފޫޒުން ނެއްޓި، އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތަށް، އެ ނުފޫޒުތަކުން އެއްކިބާވެ، ވޯޓު ލެވޭނެ ވަގުތު މިއޮތީ އައިސްފަ." އޭނާ ވިދާޅުވިއެވެ. ޓޮމް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި، އިތުރު ސިޔާސީ ޕާޓީތަކާއެކު ސަރުކާރުގެ ފަރާތުން ނެގޯޝިއޭޓް ކުރައްވަނީ އަވަށްޓެރި ޤައުމެއްގެ ސަފީރު ކަމަށާއި، މިއީ ރާއްޖޭގެ އެތެރޭގެ މައްސަލައެއް ކަމަށެވެ. އަދި މިކަން ދެވަނަ ބުރުގެ ނަތީޖާއިން ބަދަލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.   ަ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް