Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަހަމަ ގޮތުގައި ދަޢުލަތުގެ ވަސީލަތްތަކުގެ ބޭނުންކުރީ ޕީޕީއެމުން, އެމްޑީޕީއަކީ ރޭވިގެން ހަރަކާތްތައް ހިންގާ ޕާޓީއެއް: އަނަސް 

ނަހަމަ ގޮތުގައި ދަޢުލަތުގެ ވަސީލަތްތަކުގެ ބޭނުންކުރީ ޕީޕީއެމުން, އެމްޑީޕީއަކީ ރޭވިގެން ހަރަކާތްތައް ހިންގާ ޕާޓީއެއް: އަނަސް 

ނަހަމަ ގޮތުގައި ދަޢުލަތުގެ ވަސީލަތްތަކުގެ ބޭނުންކުރީ ޕީޕީއެމުން ކަމަށާއި އެމްޑީޕީއަކީ ރޭވިގެން ހަރަކާތްތައް ހިންގާ ޕާޓީއެއް ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބަދުލް ސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް ކުރެއްްވި ޓްވިޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ރޭވިގެން, އިންތިޒާމުވެގެން ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީއެއް ކަމަށާއި ނަހަމަ ގޮތުގައި ދަޢުލަތުގެ ވަސިލަތްތަކުގެ ބޭނުން ހިފާ, ޕާޓީ ކުރިއެރުވުމަށް މިހާތަނަށް މަސައްކަތްކޮށްފައި ވަނީ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ޕީޕީއެމުން ކަމަށެވެ.

https://twitter.com/anasabdulsattar/status/1703303647843729459?s=61&t=FWNIvC9FlBSFPHQ6UZokbQ

Advertisement
Allied Insurance — Square (box)

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ކުރިއަށްދާއިރު އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ތަފާތު އެކި ތުހުމަތުތައް އެއް ފަރާތުން އަނެއް ފަރާތަށް ކުރަމުންނެވެ.

ވޯޓާއި ގުޅިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އިއްޔެ އަނަސް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެމްޑީޕީން ދަނީ ދޮރުންދޮރަށް އަދި ކޯލް ސެންޓަރު މެދުވެރިކޮށް ރައްޔިތުންނާއި ވާހަކަދައްކާ ޕާޓީގެ ސިޔާސަތުތައް ވިއްކައިގެން ގިނަ ވޯޓު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އަދި "ވޯޓު ގަތުމާއި، އައިޑީކާޑު ގަތުމަކީ ޕީޕީއެމް އަދި ޕީއެންސީން އަބަދުވެސް ބޭނުންކުރާ އުކުޅެއް،" ކަމަށް އަނަސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް