Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލެއަށް ކުރި ވިއްސާރައިގައި ފެމިލީ ކޯޓަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ

މާލެއަށް ކުރި ވިއްސާރައިގައި ފެމިލީ ކޯޓަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ

މިރޭ މާލެއަށް ކުރި ވިއްސާރައިގައި ފެމިލީ ކޯޓަށް ފެން ވަދެ، އިމާރާތުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

މަޢުލޫމާތު އެނގޭ މީހަކު "ދެން" އަށް ކިޔައިދިން ގޮތުގައި ހެންވޭރުގައި ހުންނަ އެ ކޯޓުގެ އިމާރާތުގެ ފުރާޅުގެ އެކި ދިމާލުން ފެން ފައިބާ، މުދަލާއި ތަކެއްޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައެވެ. އޭގެ ތެރޭގައި ކޮންޕިއުޓަރު ސިސްޓަމާއި، މުހިންމު ލިޔެކިޔުންތަކާއި، މޭޒާއި ގޮނޑި ހިމެނެއެވެ.

<img class="alignnone wp-image-197613 size-large" src="https://cdn.dhen.mv/wp-content/uploads/2023/09/376276_3_5676070bf515209a84869b4098792e8e360a914c_large-1024x660.webp" alt="" width="1024" height="660" />

Advertisement
Allied Insurance — Square (box)

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފެމިލީ ކޯޓުގެ މަރާމާތްކުރަމުންދާކަމަށް ބުނިނަމަވެސް، އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ނުދާކަން ވަނީ އެނގިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފެމިލީ ކޯޓުގެ އިމާރާތަށް ފެންފޭބުމުގެ މައްސަލަ ޑީޖޭއޭއަށް ހުށަހަޅާފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.

<img class="alignnone wp-image-197614 size-large" src="https://cdn.dhen.mv/wp-content/uploads/2023/09/IMG_7430-jpg-e1694967123503-1000x1024.webp" alt="" width="1000" height="1024" />

ފެމިލީ ކޯޓުގެ ތެރެއަށް ފެން ފޭބުމުގެ ސަބަބުން އިމާރާތުގެ ތެރޭގައި އެކި ދިމާލުގައި ވަނީ ބާލިދީ ބަހައްޓައި މޭޒުތައްމަތީ ސަތަރި އަޅާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް